ޑިކްލެން ރައިސްގެ ހިތްގައިމު ދެ ހިލޭޖެހުމާއެކު ރިއަލް މެޑްރިޑްގެ މައްޗަށް ކުރި ހޯދާ ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ އުއްމީދު އާރސެނަލްއިން އާކޮށްފި.

  • 09 އޭޕްރިލް 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

ޑިކްލެން ރައިސްގެ ހިތްގައިމު ދެ ހިލޭޖެހުމާއެކު ރިއަލް މެޑްރިޑްގެ މައްޗަށް ކުރި ހޯދާ ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ އުއްމީދު އާރސެނަލްއިން އާކޮށްފި.

އާރސެނަލްގެ ދަނޑުގައި ރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލް ފުރަތަމަ ލެގުގައި ރިއަލް މެޑްރިޑްގެ މައްޗަށް އާރސެނަލްއިން ކުރި ހޯދީ 0-3 ލަނޑުންނެވެ. މި މެޗްގައި އާރސެނަލްއިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. މެޗްގައި އާރސެނަލްގެ ފުރަތަމަ ދެ ލަނޑު އެ ޓީމަށް ލިބުނު ދެ ހިލޭޖެހުމެއްގައި ކާމިޔާބުކޮށްދިނީ އިނގިރޭސި މިޑްފިލްޑަރ ޑިކްލެން ރައީސްއެވެ. އާރސެނަލްގެ ތިންވަނަ ލަނޑު ރިއަލްގެ އޭރިޔާތެރެއިން ލިބުނު ފުރުޞަތެއްގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ މެރިނޯއެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ރިއަލް މެޑްރިޑްގެ މިޑްފިލްޑަރ ކަމަވިންގާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ ދެވަނަ ލެގަށް ރިއަލް މެޑްރިޑްގެ ދަނޑުގައި ނުކުންނައިރު އެ ޓީމުގެ މިޑްފިލްޑް ލައިންއަށް ދިމާވާނެ ވަރަށް ބޮޑު މައްސަލައެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ކުއާރޓާ ފައިނަލްގެ ދެވަނަ މެޗް ކާމިޔާބުކުރީ އިންޓަރ މިލާންއިންނެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗް އިންޓަރ މިލާންއިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި އިންޓަރ މިލާންގެ ލައުޓާރޯ މާޓިނޭޒް ލަނޑެއް ކާމިޔާބުކޮށްދީފައިވަނިކޮށް ބަޔާން މިޔުނިކަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ 85 ވަނަ މިނެޓްގައި ތޯމަސް މުލަރއެވެ. މި ނަތީޖާގައި ބަޔާން މިޔުނިކަށް އޮވެވުނީ 3 މިނެޓުއެވެ. 88 ވަނަ މިނެޓްގައި އިންޓަރ މިލާންގެ ފްރަޓެއްސީ ވަނީ އެ ޓީމަށް ދެވަނަ ފަހަރަށް ލީޑް ނަގައިދީ މެޗްގެ ކާމިޔާބުކޮށްދީފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލްގައި މިރޭވެސް 2 މެޗް ކުޅޭނެއެވެ. މިރޭ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ބާސެލޯނާއާއި ބޮރޯޝިއާ ޑޯޓްމުންޑްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޕީ.އެސް.ޖީ އާއި އެސްޓޮންވިލާއެވެ.

Advertisement
Advertisement

ކޮމެންޓް (0)