އަރިއަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ސޯސަން ފުޓްސަލް ކަޕް 2025ގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެއްޖެއެވެ.
- 09 މާރޗް 2025
އަރިއަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ސޯސަން ފުޓްސަލް ކަޕް 2025ގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެއްޖެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ފިތުރު ޢީދުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ، ޔަންގްސްޓާރ، ކާންޓް ޕްލޭ، އަމިގޯސް، ސްޓްރީޓް ބްރޯސް، ރިޕްޓައިޑްސް، ގޯލްޑް ފިޝް، ފްލެޝް އަމިގޯސް އެސް.ސީ އަދި ރެއިސިންގ ލެޖެންޑްއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/50000 (ފަންސާސް ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް -/15000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ދާނީ މާރޗް 30 އިން އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުޓްސަލްގައި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅޭ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރިލެކްސް ފެރީ ސާރވިސްއެވެ. އަދި ކޯ ސްޕޮންސަރަކީ ތޮއްޑޫ ކައުންސިލްއެވެ. މުބާރާތުގެ މީޑިއަރ ޕާރޓްނަރަކީ ވަރަނޫސްއެވެ.