އެސްޓޮންވިލާއާ ބޮރޫޝިޔާ ޑޯންމަންޓް ރޭގެ މެޗްތަކުން މޮޅުވި ނަމަވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިޔައީ ޕީ.އެސް.ޖީ އާއި ބާސެލޯނާއެވެ.

  • 16 އޭޕްރިލް 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

އެސްޓޮންވިލާއާ ބޮރޫޝިޔާ ޑޯންމަންޓް ރޭގެ މެޗްތަކުން މޮޅުވި ނަމަވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިޔައީ ޕީ.އެސް.ޖީ އާއި ބާސެލޯނާއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާރޓާ ފައިނަލް ދެވަލަ ލެގުގައި ރޭ އެސްޓޮންވިލާގެ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން ޕީ.އެސް.ޖީގެ މައްޗަށް ކުރި ހޯދީ ފުރަތަމަ ހާފްގައި ޕީ.އެސް.ޖީން 2 ލަނޑު ޖަހާ ކުރި ހޯދާފައިވަނިކޮށް ފަހަތަރުން ތިން ލަނޑު ކާމިޔާބުކޮށްގެން 2-3 ލަނޑުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުގެ މެޗް 1-3 ލަނޑުން ޕީ.އެސް.ޖީން ކުރި ހޯދާފައި އޮތުމުގެ ސަބަބުން ޕީ.އެސް.ޖީ އަށް ސެމީ ފައިނަލްގެ ޖާގަ ލިބެނީ ދެ ދަނޑުގެ ނަތީޖާއަށް ބަލައި 4-5 ކުރި ހޯދައިގެންނެވެ. ރޭގެ މެޗްގައި ޕީ.އެސް.ޖީގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަކީމީ އަދި މެންޑޭޒްއެވެ. އެސްޓޮންވިލާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޓީލެމަންއާއި، މެގިންގެ އިތުރުން ކޮންސާއެވެ.

ކުއާރޓާ ފައިނަލްގައި ރޭ ބޮރޫޝިޔާ ޑޯޓްމަންޑްގެ ދަނޑުގައި ބާސެލޯނާގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-3 ލަނޑުންނެވެ. މި މެޗުން ޑޯޓްމަންޑުން ކުރި ހޯދި ނަމަވެސް ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 0-4 ލަނޑުން ބާސާ ކުރި ހޯދާފައި އޮތުމުގެ ސަބަބުން ދެ ދަނޑުގެ ނަތީޖާއިން ބާސެލޯނާއަށް ކުރި ލިބެނީ 3-5 ލަނޑުންނެވެ. މި މެޗްގައި ޑޯޓްމަންޑްގެ ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ގުއިރައްސީއެވެ. މި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އޭނާ ކާމިޔާބުކޮށްދީފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ބާސެލޯނާއިން ޖެހި ހަމައެކަނި ލަނޑަކީ ޑޯޓްމަންޑްގެ ބެންސަބައިނީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ސެމީފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނާނީ މިރޭ ކުޅޭ ކުއާރޓާ ފައިނަލް މެޗްގައި އިންޓަރ މިލާންއާއި ބަޔާން މިޔުނިކް ބައްދަލުކުރާ މެޗުން ކުރި ހޯދާ ޓީމަކާއެވެ. އަދި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ރިއަލް މެޑްރިޑާ އާރސެނަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

Advertisement
Advertisement

ކޮމެންޓް (0)