ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ސަލާމަތީ ބާރުތަކުން ރޭ ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފި

  • 11 މާރޗް 2025
ފޮޓޯ މިހާރު ނޫސް
ފޮންޓު ސައިޒު: ށ ށ ށ

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ސަލާމަތީ ބާރުތަކުން ރޭ ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޑްރޯން ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް އަދި މާލެ ކައިރި ބައެއް ރިސޯޓްތަކަށް ހަމަލާދޭން ރާވަމުން ދާކަމަށް އިންޓެލްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ޤައުމީ ދިފާޢީ ބާރުން ފެށި މި އޮޕަރޭޝަންގައި ވަނީ ގިނަ ތަންތަނެއް ބަލައި ފާސްކޮށްފައެވެ. މީޑިއާއަށް ތިލަވެފައިވާ ބަލާ ފާސްކުރި ބައެއް ތަންތަނުގެ ތެރޭގައި ވިނަރެސް ފްލެޓާއި، ޝަބްނަމް މަގުގައި ހުރި ގެއެއް، ހެންވޭރު ދަނޑު ކައިރީ ހުރި ގެއެއް، ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ އިތުރުން ހުޅުމާލެ ފޭސް ދޭކާއި އެއްވެފައި އޮންނަ ފަރުކޮޅުފުށި ސަރަޙައްދު ހިމެނެއެވެ. އަދި މި ފާސްކުރި ތަންތަނުން ޑްރޯންއެއްގެ އިތުރުން ހަތިޔާރު އުފައްދަން ބޭނުންކުރާ ބައެއް ކެމިކަލް ހޯދާފައިވާ ކަމަށް ބައެއް މަސްދަރުތަކުން މަޢުލޫމާތު ދެއެވެ. ރޭ ހައްޔަރުކުރި 2 މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ މައިދާން ކައިރިން ދިޔަ ލޮރީއެއް ހުއްޓުވިއިރު އެ ލޮރީ ދުއްވަން އިން މީހާއެވެ. އަދި ހުޅުމާލެ ވިނަރެސް ފްލެޓެއް ބަލައި ފާސްކުރިއިރު އެތަނުންވެސް އިތުރު މީހަކު ހައްޔަރުކުރިތަން ފެނިގެން ދިޔައެވެ.

Advertisement
Advertisement

ކޮމެންޓް (0)