ރާއްޖެ އިސްތިޙާރުކޮށްދޭ ބައިނަލްއަޤްވާމީ ފަރާތަކަށް ކުޅިވަރު ނޫސްވެރިއާ ފަބްރީޒިއޯ ހަމަޖައްްސައިފިއެވެ.

  • 09 މާރޗް 2025
ގޫގުލް ފޮޓޯ
ފޮންޓު ސައިޒު: ށ ށ ށ

ރާއްޖޭގެ ބްރޭންޑް އެމްބެސަޑަރަކަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމޭނޯ ހަމަޖެއްސިކަން އަންގާފައިވަނީ ވިޒިޓް މޯލްޑިވްސްގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ހިމަނާފައިވާ ވީޑިއޯއާއެކު ބުނެފައިވަނީ ރާއްޖޭގެ ގްލޯބަލް އެމްބެސަޑަރެއްގެ ހައިސިއްޔަތުން އޭނާ މި ގައުމުގެ ފަތުރުވެރިކަމާގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ. މި ވީޑިއޯގައި ފަބްރީޒިއޯ ބުނެފައިވަނީ ރާއްޖެއަކީ ގިނަ ކަންތައްތައް ތަޖުރިބާ ކޮށްލެވޭ މަންޒިލެއް ކަމަށާ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ ހުރީ ވަރަށް ބޭނުންވެފައިކަމަށެވެ. ފަބްރީޒިއޯގެ ސޯޝަލް މީޑިއާ އެކައުންޓްތައް ދުނިޔޭގެ އެތައް މިލިޔަން ބަޔަކު ފޮލޯކުރަމުންދާއިރު މިއީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިޙާރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Advertisement
Advertisement

ކޮމެންޓް (0)