ދެ ލެގުގައި ކާމިޔާބުކުރި 5 ލަނޑުން ފަސޭޙަކަމާއެކު ރިއަލް މެޑްރިޑްގެ މައްޗަށް ކުރި ހޯދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް އާރސެނަލް ދަތުރުކޮށްފި.

  • 17 އޭޕްރިލް 2025
ޑެއިލީ މެއިލް
ފޮންޓު ސައިޒު: ށ ށ ށ

ދެ ލެގުގައި ކާމިޔާބުކުރި 5 ލަނޑުން ފަސޭޙަކަމާއެކު ރިއަލް މެޑްރިޑްގެ މައްޗަށް ކުރި ހޯދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް އާރސެނަލް ދަތުރުކޮށްފި.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބް ރިއަލް މެޑްރިޑްގެ މައްޗަށް އާރސެނަލް ކުރި ހޯދީ 1-5 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. އާރސެނަލްގެ ދަނޑުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗް 0-3 ލަނޑުން އާރސެނަލްއިން ކުރި ހޯދާފައިވަނިކޮށް ރޭ ރިއަލް މެޑްރިޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗް އާރސެނަލްއިން ކާމިޔާބުކޮށްފައިވަނީ 1-2 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ރޭ ފެނިގެން ދިޔަ ކުއާރޓާ ފައިނަލްގެ ދެވަނަ ލެގުގައި ފުރަތަމަ ލަނޑެއް ކާމިޔާބުކޮށް ލީޑް ނަގާފައިވަނީވެސް އާރސެނަލްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ހާފްގައި އާރސެނަލްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނުދެވުނު ސަކާއެވެ. މެޗްގެ 65 ވަނަ މިނެޓްގައި މި ލަނޑު ސަކާ ކާމިޔާބުކޮށްދިން ނަމަވެސް އޭގެ ދެމިނެޓް ފަހުން ރިއަލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާރ ވަނީ ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ނަތީޖާގައި މެޗް ނިމެން ދަނިކޮށް އާރސެނަލް މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ނުވަދިހަ މިނެޓްގެ ކުޅުން ހަމަވެ އިތުރަށް ދެއްކި ތިން މިނެޓްގައި މާޓިނެއްލީއެވެ.

ރޭ ކުޅުނު ކުއާރޓާ ފައިނަލް ދެވަނަ މެޗްގައި އިންޓަރ މިލާންވެސް ވަނީ ބަޔާން މިޔުނިކްގެ މައްޗަށް ކުރި ހޯދާ ސެމީފައިނަލްގެ ޖާގަ ޔަގީންކޮށްފައެވެ. ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 1-2 ލަނޑުން އިންޓަރ އިން ކާމިޔާބުކޮށްފައިވަނިކޮށް ރޭ އިންޓަރގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗް ނިމިފައިވަނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. އިންޓަރމިލާންއަށް ސެމީފައިނަލުން ޖާގަ ލިބެނީ ދެ ދަނޑުގައި ކުޅުނު މެޗުން 3-4 ލަނޑުން ކުރި ހޯދައިގެންނެވެ.

ސެމީފައިނަލްގައި އާރސެނަލް ބައްދަލުކުރަން ޖެހޭނީ އެސްޓޮންވިލާގެ މައްޗަށް ކުރި ހޯދާ ސެމީފައިނަލުން ޖާގަ ހޯދީ ޕީ.އެސް.ޖީއާއެވެ. އަދި އިންޓަރ މިލާން ބައްދަލުކުރަން ޖެހޭނީ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދާ ސެމީފައިނަލުން ޖާގަ ހޯދި ބާސެލޯނާއާއެވެ.

Advertisement
Advertisement

ކޮމެންޓް (0)