މުދާ ހިފައިގެން މާލެއަށް ދަތުރުކުރި ބޯޓެއްގައި ރޯވެ އަނދަނީ،
- 03 އޭޕްރިލް 2025
ލ. މާވަށުން މާލެއަށް ފުރި "ހޮޅުދޫ ބޯޓް" ނަމަކަށް ކިޔާ މުދާއުފުލާ ބޯޓެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެ ބޯޓަކީ ތ. އަތޮޅާއި މާލެ އާ ދެމެދު ދަތުރު ކުރަމުންދާ ބޯޓެކެވެ.
އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ވީޑިއޯގައި އެ ބޯއްޓުގައި ވަރަށްބޮޑަށް ހުޅުހިފައި އަނދަމުންދާމަންޒަރު ފެނިގެންދެއެވެ. އަދި ބޯޓުގައި ޖަހާފައިވާ ގެގަނޑުގެ އެތެރާއި ބޭރުގައި ހުޅުހިފާފައިވާއިރު، އިތުރަށްބޯޓު ބޭނުން ނުކުރެވޭވަރު ވެފައިވާތަން އެވީޑިއޯއިން ފެނެއެވެ.
އެކުސްގައި އަންމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ގެ ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން މިހާރު ހަރަކާތްތެރިވަމުންދާ ކަމުގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން މިހާރު ސަލާމަތްކޮށްފައި ވާ ކަމަށާއި ، ލ. މާވަށު ، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ގެ ސެންޓްރަލް އޭރިއާ ކޮމާންޑު ކޯސްޓުގާޑާއި އެސަރަހައްދުގެ ގިނަ އުޅަނދުތަކެއް ހަރަކާތްތެރިވަމުންދާކަމުގައެވެ.
މި ބޯޓުގައި އަލިފާން ރޯވާންދިމާވި އެއްވެސް ސަބަބެއް އަދި ނޭންގެއެވެ.