ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކައިލް އަހުމަދު ނަސީމުގެ މައްމަ މަންދީ ޒުބެއިރުގެ ގަޔަށް ރޭ ކަޅުތެޔޮ ޖަހައިފި

  • 17 މާރޗް 2025
ފޮޓޯ އަދަދު ނޫސް
ފޮންޓު ސައިޒު: ށ ށ ށ

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކައިލް އަހުމަދު ނަސީމުގެ މައްމަ މަންދީ ޒުބެއިރުގެ ގަޔަށް ރޭ ކަޅުތެޔޮ ޖަހައިފިއެވެ.

އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަންދީ ޒުބެއިރު ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އެ ޕާޓީން ރޭ ބޭއްވި ކުއްލި އެއްވުމުގެ ޙަރަކާތް ނިންމާލުމަށްފަހު ޗާންދަނީ މަގުގައި ހުންނަ އެމް.ޑީ.ޕީ ހަރުގެއިން ނުކުމެގެން ދަނިކޮށެވެ. މަންދީ ބުނާގޮތުން ކަޅުތެޔޮ ޖެހި މީހުން އެ އަމަލު ހިންގުމަށްޓަކައި ގިނައިރުތަކެއް ވަންދެން ފާރައަށް ތިއްބެވެ. މި މައްސަލަ ފުލުހުން މިހާރު ތަޙްގީގު ކުރަމުންދާއިރު މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ވަކި އެއްޗެއް ބުނެފައެއް އަދި ނުވެއެވެ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތައް އުނިކަން އަންނަގޮތަށް އެމް.ޑީ.ޕީގެ ކުއްލި އެއްވުމުގައި ވާހަކަ ދެއްކިކަމަށް ތުޙުމަތުކޮށް އެ އާއިލާއިން ވަނީ މަންދީއާ ދެކޮޅަށް ދައުވާކުރަން މައްސަލަ ވައްދާފައެވެ. އަދި މިކަމާ ގުޅިގެން އެ މައްސަލައިގެ ތަޙްގީގަށް މިއަދު 1:30 އަށް ފުލުހަށް ހާޒިރުވުމަށް މަންދީއަށް ވަނީ ޗިޓްވެސް ފޮނުވާފައެވެ.

Advertisement
Advertisement

ކޮމެންޓް (0)