ރަށްރަށުން މާލެ ދާ އުޅަނދުފަހަރަށް ލަފާފުރުމުގައި އެމްޓީސީސީ ފެރީޓާމިނަލްތައް ބޭނުންކުރެވޭގޮތް ހަދަން ނިންމައިފިއެވެ.
- 07 މާރޗް 2025
މޯލްޑިވުސް ޓްރާންސްޕޯޓް އެންޑު ކޮންޓްރެކްޓިން ކޮންޕެނީން ނެރެފައިވާ ބަޔާނެއްގައި ވަނީ، މާލެއާއި އަތޮޅުތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް ހުޅުވައިލުމަށް ގަސްތުކުރާކަމަށް ބުނެފައެވެ. އަދި ހުޅުމާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ވެސް ހުޅުވައިލަން ގަސްތުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މިކުންފުނީގެ ޓާރމިނަލްތައް މިގޮތަށް ހުޅުވާލެވިފައިވަނީ، އާންމުން ލަފާފުރުމަށް ދިމާވެފައިވާ ދަތިތަކަށް އަވަސްހައްލެއް ހޯދައިދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުންކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ޓާމިނަލްތައް ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކުންފުނީގެ އީމެއިލް އެޑްރެސް tsd@mtcc.com.mv. މެއިލް ކުރުމަށެވެ
ރާއްޖޭގެ ރަސްމީ ފާލަން "އިއްޒުއްދީން ފާލަން" އަލުން މަރާމާތުކޮށް ހުޅުވުމަށްފަހު އާންމުރައްޔިތުން ލަފާފުރުމުގައި އުފުލާ ބުރައާއި ތަކުލީފުތައް ހާމަކޮށް ސޯސަލް މީޑިއާ ޕޯސްޓްތަކާއި ކޮމެންޓް ތަކުގައި ދަނީ އެކި ގޮތްގޮތަ ޝަކުވާތަށް ކުރަމުންނެވެ.
ރަށްތަކުން ދަތުރުކުރަމުންދާ ލޯންޗު ފެރީތަކަށް އަރާފޭބުމުގެ ދަތިކަން މިހާރު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހާއްސަކޮށް ބަރިބަރިއަށް އަތުރާލެވިފައި ހުންނަ ލޯންޗުފަހަރުން އަރައި ފައިބަން ޖެހުމާއި އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެވޭނެ އެއްވެސް ހިޔާގަނޑެއް ނެތުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.