ސަރުކާރުގެ މަސްކުންފުނި މިފްކޯ ގެ ސީއީއޯ މަގާމުން ވަކިކޮށްފި

  • 04 މާރޗް 2025
ފޮޓޯ: ސޯޝަލް މީޑިއާ
ފޮންޓު ސައިޒު: ށ ށ ށ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ރޭ "އެކުސް" ގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ގެ މަގާމުންނާއި އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.

ވިޓާލީ އަކީ މިމަޤާމަށް އައަޔަންކުރެވުނު ބޭރުގެ ފުރަތަމަ ސީއީއޯ އެވެ. މަގާމާ ހަވާލުވުމަށްފަހު ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވިޔަސް ނުދެއްވާނެކަމަށް ވިޓާލީ ވަނީ ވިދާޅުވެފައެވެ.

މަގާމުން ވަކިކުރި ސަބަބެއް (ޕީސީބީ) އިން ހާމަކޮށްފައި ނުވިނަމަވެސް ސިޔާސީގޮތުން ކުންފުނަޏަށް ކުރިމަތިވަމުން ދާ ގޮންޖެހުންތަށް ކުޑަކުރުމަށް ވިޓާލީ ކުރާމަސައްކަތަށް ސަރުކާރުން އެކި ފިއްތުންތައް ކުރިމަތި ކުރުވާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Advertisement
Advertisement

ކޮމެންޓް (0)