ގޯލްޑަން ފުޓްސަލް ފައިނަލްގައި ނައިވާދޫ ބަލިކޮށް ފުޓްސަލް ތާރީޙުގެ ތެރެއަށް ކާށިދޫ ދަތުރުކުރުން.

  • 26 ފެބްރުއަރީ 2025
ގޯލްޑަން އެފް.ބީ ޕޭޖް
ފޮންޓު ސައިޒު: ށ ށ ށ

ފައިނަލްގައި ނައިވާދޫގެ މައްޗަށް ކުރި ހޯދާ ފުޓްސަލް ތާރީޙުގެ ތެރެއަށް ކާށިދޫއިން ޖެހިލައިފި.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ޗެމްޕިއަންކަން ކ.ކާށިދޫއިން ހޯދީ ރޭ ކުޅެވުނު ފައިނަލްގައި ހދ.ނައިވާދޫގެ މައްޗަށް 4-1 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗްގެ ފުރަތަމަ ލީޑް ނަގައި ކުރި ހޯދީވެސް ކާށިދޫއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޖުލާން އަބުދުލް ހައްނާންއެވެ. މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ނައިވާދޫގެ އަހުމަދު ހަމީދު ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ފަހަރު ކާށިދޫއަށް ލީޑް ނަގައިދިނީ އަބުދުﷲ ސުޒެއިރުއެވެ. މި ލީޑް ކާށިދޫއަށް އިތުރަށް ފުޅާކޮށްދިނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އަޖުލާން އަބުދުލް ހައްނާންއެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ނައިވާދޫ ޓީމުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާށިދޫ ޓީމުގެ ސުޒެއިރު ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ތަށި ޔަޤީންކޮށްދީފައެވެ. މިއީ ފުޓްސަލްގެ ތާރީޙުގައި ކާށިދޫއަށް މިވަރުގެ ބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރުއެވެ. މުބާރާތުގެ ކިންގް އޮފް ފުޓްސަލްގެ ތާޖް މިފަހަރު އަޅުވާފައިވަނީ މުޅި މުބާރާތުގައިވެސް ކާށިދޫ ޓީމުގެ ގޯލު ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފައިވާ ސަލީލްއެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ކާށިދޫ ޓީމުގެ ކީޕަރ ސަލީލްއާއި، އަބުދުﷲ ސުޒެއިރު އާއި އަޖުލާން އަބުދުލް ހަންނާން އާއި، ނައިވާދޫ ޓީމުގެ އަހުމަދު ހަމީދުއާއި، ޔާމީން މުހައްމަދުގެ އިތުރުން ވާދޫ ޓީމުގެ އަޔާޒް އަހުމަދުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ނައިވާދޫ ޓީމުގެ މުހައްމަދު ޝާއިންއެވެ. މިފަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖްގައި ޖުމްލަ 128 ރަށަކުން ބައިވެރިވިއެވެ.

Advertisement
Advertisement

ކޮމެންޓް (0)