ވިއްސާރަ އާއި ގުޅިގެން ހަފުތާ ފެށޭދުވަސް ބަންދުކޮށްފި
- 02 މާރޗް 2025
ބޯވިއްސާރައިގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްތަކާއި މާލެ ފެންބޮޑުވެފައިވަނިކޮށް ހަފްތާގެ ފެށޭދުވަސް 2 މާރޗް 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިޒް ހަމަޖައްސަވައިފިއެވެ.
އެމަނިކްފާނު މިހެން ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކުސްޕާސަން ހީނާ ވަލީދު އެކުސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީއެވެ.