ފަލަސްތީނަށް މިހާރު އަރައިގަނެގެން އުޅޭ ޔަހޫދީ ސިފައިންގެ ފައުޖަކަށް ލިންކްސް ނަމަކަށް ކިޔާ ވަލު ޖަނަވާރެއް ހަމަލާދިނުމުގެ ސަބަބުން ސިފައިންތަކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ.
- 25 މާރޗް 2025
ފަލަސްތީނަށް މިހާރު އަރައިގަނެގެން އުޅޭ ޔަހޫދީ ސިފައިންގެ ފައުޖަކަށް ލިންކްސް ނަމަކަށް ކިޔާ ވަލު ޖަނަވާރެއް ހަމަލާދިނުމުގެ ސަބަބުން ސިފައިންތަކަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
މިސްރުގެ ނުރައްކާތެރި މި ވަލު ޖަނަވާރު އެ ޤައުމުގެ ބޯޑަރު ކައިރީގައިވާ ސްޓޭޝަނެއްގައި ހުރި އިސްރޭލުގެ އަސްކަރީ ބޭސްއަކަށް ވަދެ، ގިނަ އަދަދެއްގެ އިޒްރޭލު ސިފައިންނަށް ހަމަލާދޭ ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. އަދި މި ވީޑިއޯއަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވާއިރު އެއަށް ކޮމެންޓްކުރި ގިނަ މީހުން ބުނެފައިވަނީ މިއީ އިސްރާއިލު ސިފައިންނަށް ލިބެންޖެހޭ ހައްޤު އަދަބެއް ކަމަށާ މިއަށްވުރެ ބޮޑެތި ވަލު ޖަނަވާރުތައްވެސް އެމީހުންނާ ހަމަޔަށް ދާންޖެހޭކަމަށް ކޮމެންޓްކޮށްފައިވެއެވެ. މިސްރާއި އިސްރޭލު ގުޅޭ ބޯޑަރުގައި ތިބި އިސްރޭލު ސިފައިންނަށް ހަމަލާދިން އެ ޖަނަވާރު އެތަނުގައި ތިބި ޢާންމު އެހެން މީހުންނަށްވެސް ހަމަލާދީފައިވާކަމަށް ރިޕޯޓްތަކުގައިވެއެވެ. އިސްރޭލު ސިފައިން މިހާރު ވަނީ އެ ލިންކްސް ހިފައި، ޖަނަވާރުގެ މެޑިކަލް ފެސިލިޓީއަކަށް ގެންގޮސްފައެވެ. އިޒްރޭލު ސިފައިން ލަފާކުރާގޮތުގައި އެ ލިންކްސް އައިސްފައިވަނީ މިސްރުންނެވެ. އެ ސަރަހާގެ ބޯޑަރުގައި ގިނަ އަދަދެއްގެ މިފަދަ ޝިކާރަކުރާ ޖަނަވާރުތައް އުޅެއެވެ. މި ޙާދިސާއާއެކު ވަރަށް މަދުން ފެންނަ މި ޖަނަވާރަށް މިހާރު ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.