ފަހުވަގުތު އެލިއޮތް ކާމިޔާބުކޮށްދިން ގޯލުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދާ ގަދަ 16 ބުރުގެ ފުރަތަމަ މެޗް ލިވަރޕޫލުން ކާމިޔާބުކޮށްފިއެވެ.

  • 06 މާރޗް 2025
ގޫގުލް ފޮޓޯ
ފޮންޓު ސައިޒު: ށ ށ ށ

ފަހުވަގުތު އެލިއޮތް ކާމިޔާބުކޮށްދިން ގޯލުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދާ ގަދަ 16 ބުރުގެ ފުރަތަމަ މެޗް ލިވަރޕޫލުން ކާމިޔާބުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރޭ ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗް ލިވަރޕޫލުން ކާމިޔާބުކުރީ މެޗްގެ ފުރިހަމަ ވަގުތު ހަމަވާން 3 މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހާވީ އެލިއަޓްއެވެ. މުޅި މެޗް ޑޮމިނޭޓްކޮށް ގިނަ ހަމަލާތައް އުފެއްދި ޕީއެސްޖީއަށް ގޯލެއް ކާމިޔާބުކުރެވުމުގެ ހުރަހަކަށްވީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ލިވަރޕޫލްގެ ކީޕަރ އެލިސަން ބެކާއެވެ. އޭނާ ވަނީ ޕީއެސްޖީ ފޮނުވާލި ނުރައްކާތެރި ހުރިހާ ހަމަލާއެއް ދިފާއުކޮށްފައެވެ. މިއީ ޕީއެސްޖީ ދަނޑުގައި ލިވަރޕޫލް ކުޅެފައިވާ ތިން މެޗްގެ ތެރެއިން އެ ޓީމަށް ކާމިޔާބު ހޯދުނު ހަމައެކަނި މެޗެވެ. ޗެމްޕިއަންސް ލީގު ގަދަ 16 ބުރުގައި ރޭ ޖަރުމަންގެ ބަޔާން މިޔުނިކާއި ބަޔާރ ލެވަރކޫސަން ބައްދަލުކުރި މެޗް 3-0 ލަނޑުން ކާމިޔާބުކުރީ ބަޔާން މިޔުނިކެވެ. އަދި ބެންފިކާ އާއި ބާސެލޯނާ ބައްދަލުކުރި މެޗް 1-0 ލަނޑުން ކާމިޔާބުކުރީ ބާސެލޯނާއެވެ. ބެންފިކާގެ ދަނޑުގައި ކުޅުނު މި މެޗްގެ ހަމައެކަނި ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. މި މެޗްގެ 18ވަނަ މިނެޓްގައި ބާސެލޯނާގެ ޑިފެންޑަރ ކުބަރްސީއަށް ރަތްކާޑު ދެއްކުމާ ގުޅިގެން މެޗްގެ ބޮޑު ބައެއް އެ ޓީމުން ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އިޓަލީގެ އިންޓަރ މިލާންއިންވެސް ރޭ ވަނީ ފެޔަނޫޑްގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދާ ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗް ކާމިޔާބުކޮށްފައެވެ.

Advertisement
Advertisement

ކޮމެންޓް (0)