ރޯދަ މަހުގެ ފުރަތަމަ ދުވަހު ތޮއްޑޫއިން މާލޭގެ ބާޒާރަށް 30 ޓަނުގެ ކަރާ ނެރެފިއެވެ

  • 04 މާރޗް 2025
ވަރަ ނޫސް
ފޮންޓު ސައިޒު: ށ ށ ށ

ރޯދަ މަހުގެ ފުރަތަމަ ދުވަހު ތޮއްޑޫއިން މާލޭގެ ބާޒާރަށް 30 ޓަނުގެ ކަރާ ނެރެފިއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އއ.ތޮއްޑޫއިން މާލޭގެ ބާޒާރަށް 30 ޓަނުގެ ކަރާ ނެރެފައިވާކަމަށް ތޮއްޑޫ ކައުންސިލްގެ ނައިބް ރައީސް އަލީ އާދަމް ވިދާޅުވެއްޖެއެވެ. މީގެ އިތުރުން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ހެއްދި ދަނޑުތަކުން ޖުމްލަ 600 ޓަނާ ގާތްކުރާ އަދަދަކަށް ކަރާ ލިބޭނެކަމަށް ލަފާކުރެވޭކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ބާޒާރަށް ކަރާ ވިއްކަމުންދާއިރު ކިޔުކަމްބާ، މެލަން އަދި ފަތްޕިލާވެލީގެ ބާވަތްތައް ތޮއްޑޫއިން ގެންދާނެކަމަށް ނައިބް ރައީސް އަލީ އާދަމް ވިދާޅުވިއެވެ. މިފަހަރުގެ ރަމަޟާންމަހަށް ކަރާ ހެއްދުމަށް ޖުމްލަ ސަތޭކަ ސާޅީސް ދަނޑު ދޫކޮށްފައިވާއިރު ދަނޑުވެރިކަން ކުރުމަށް ޖުމްލަ 2.4 މިލިޔަން އަކަފޫޓުގެ ސަރަޙައްދެއް ދޫކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ވިއްސާރަ މޫސުމާ ގުޅިގެން ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ތޮއްޑޫއިން ކަރާ ލިބުމަށް ދަތިވި ނަމަވެސް މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުވެސް ވަނީ މާލޭގެ ބާޒާރުގައި ތޮއްޑޫ ކަރާ ތިޔާގި ކަމާއެކު ލިބެން ފަށާފައެވެ. މިވަގުތު މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއް އުޅެނީ 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުއެވެ.

Advertisement
Advertisement

ކޮމެންޓް (0)