ވާދަވެރި ދެ މެޑްރިޑްގެ ކުރިމަތިލުން ޕެނަލްޓީން ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް މުބާރާތުގެ ކުއާރޓާ ފައިނަލުން ޖާގަ ހޯދައިފި

  • 13 މާރޗް 2025
ޔުއެފާ ވެބްސައިޓް
ފޮންޓު ސައިޒު: ށ ށ ށ

ވާދަވެރި ދެ މެޑްރިޑްގެ ކުރިމަތިލުން ޕެނަލްޓީން ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް މުބާރާތުގެ ކުއާރޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ޕްލޭއޮފް މެޗްގައި އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗް ރިއާލްއިން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ލެގުގެ ނަތީޖާއިން 2-2 އިން އެއްވަރުވެފައި އޮތުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކުރި ހޯދައިގެންނެވެ. ރިއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް 2-1 ލަނޑުން ރިއާލް މެޑްރިޑް ކުރި ހޯދާފައިވަނިކޮށް ރޭ އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެތްލެޓިކޯ އިން ވަނީ 1-0 ލަނޑުން މެޗް ކާމިޔާބުކޮށް ދެ ލެގުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗްގެ ނަތީޖާ ހަމަހަމަވުމުން ޖެހި ޕެނަލްޓީގައި އެތްލެޓިކޯގެ އަލްވަރޭޒް އަދި ލޮރެންޓޭއަށް ޕެނަލްޓީ ކާމިޔާބުނުކުރެވުނު އިރު ރިއަލް މެޑްރިޑްގެ ލޫކަސް ޖެހި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނުއެވެ. މެޗްގައި އަލްވަރޭޒްގެ ޕެނަލްޓީ ގޯލަށް ވައްދާލި ނަމަވެސް ވީ.އޭ.އާރް ބެލުމަށްފަހު ރެފްރީ ނިންމާފައިވަނީ އެ ޕެނަލްޓީގައި ޑަބަލް ޓަޗް ވެފައި އިން ކަމަށެވެ.

ކުއާރޓާ ފައިނަލްގައި ރިއަލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ދެ ލެގުގެ ނަތީޖާއިން ފަސޭޙަކަމާއެކު ޕީއެސްވީގެ މައްޗަށް ކުރި ހޯދި އާރސެނަލްއެވެ. އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޑް ކުއާރޓާ ފައިނަލްގައި ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. ބަޔާން މިޔުނިކް އިންޓަރ މިލާންއާ ދެކޮޅަށް ނުކުންނައިރު ކުއާރޓާ ފައިނަލްގައި ޕީއެސްޖީ ނުކުންނާނީ 1982 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި އެސްޓޮންވިލާއާ ދެކޮޅަށެވެ. ކުއާރޓާ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 8 އަދި 9 ވަނަ ދުވަހުގެ ރެއެވެ.

Advertisement
Advertisement

ކޮމެންޓް (0)