ފްލެޓް ލިސްޓަސް ޝަކުވާހުށައަޅަންބޭނުންވާ ފަރާތްތަކަށް އެމްޑީޕީ އިން އާދޮރެއް ހުޅުވައިދީފި

  • 08 މާރޗް 2025
ފޮޓޯ: އެމްޑީޕީ ފޭސްބުކް ޕޭޖް
ފޮންޓު ސައިޒު: ށ ށ ށ

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިކަން ހާމަކުރަމުން އެޕާޓީން ބުނެފައިވަނީ ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމަށް މިހާރު ހޮޓްލައިނަކާއި ޕޯޓަލްއެއް ހެދިފައިވާކަމަށާއި އެ ޕާޓީން ރަށްޔިތުންނަށް ޝަކުވާހުށައެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ފްލެޓް ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތް ފަރާތެއް ވާނަމަ7571637 ނަންބަރަށް ވަޓްސްއެޕް އިންނާއި ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށާއި މިކަމަށް ޙާއްޞަ ކުރެވިފައިވާ ޕޯޓަލް https://flat.mdp.org.m/ މެދުވެރިކޮށްވެސް ޝަކުވާ ހުށައެޅޭނެކަމުގައި އެ ޕާޓީން ބުނެއެވެ.

މި ސަރުކާރުން ފްލެޓް ލިސްޓަށް ގެނައި ބަދަލްތަކަށްފަހު އާންމުންނަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 09:15 އިން 11:30 އަށް ޗާންދަނީ މަގުގައި ހުންނަ އެޕާޓީގެ ހަރުގެ (ދަނޑިކޮށީ ހަރުގެ)އަށް ވަޑައިގެން ޝަކުވާ ހުށަހެޅުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެކަމަށް އެމްޑީޕީން ބުނެއެވެ.

އަދި އެމްޑީޕީ އިން ބުނެފައިވަނީ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަމަށާ، ވަރަށް ގިނަ މީހުންގެ ހައްގުތަކެއް ގެއްލިފައިވާކަމަށެވެ. އަދި އެބޭފުޅުން ބޭނުންވާ ބައެއްގެ މަޢުލޫމާތު ރިވިއުކޮށް އެމީހުނަށް ފުލެޓްދިނުމަށް ކަނޑައަޅައި އިޢުލާން ކުރިމަށެވެ. އަދި އެއީ 4000 ފްލެޓް ލިބޭ ލިސްޓުގައި ނުހިމެނޭ 577 ފަރާތެއްކަމަށްވެސް ބުނެފައިވެއެވެ. އަދި 56 ފަރާތެއްގެ މާކުސް މަތިކޮށްފައިވާކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.

Advertisement
Advertisement

ކޮމެންޓް (0)