އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ ކަޓުވާލުމަށްފަހު ސޯސަން ފުޓްސަލް ކަޕްގެ ފައިނަލުން ކާންޓްޕްލޭ ޖާގަ ހޯދައިފި.

  • 05 އޭޕްރިލް 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ ކަޓުވާލުމަށްފަހު ސޯސަން ފުޓްސަލް ކަޕްގެ ފައިނަލުން ކާންޓްޕްލޭ ޖާގަ ހޯދައިފި.

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގެ ފައިނަލުން ކާންޓްޕްލޭ ޖާގަ ހޯދީ ރޭ ކުޅުނު ދެވަނަ ސެމީފައިނަލްގައި ހެލޯ ބޭބީގެ މައްޗަށް 1-2 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗްގެ ވަރަށް ކުރީކޮޅު ކާންޓްޕްލޭ ޓީމުގެ ހިޝާމް ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމަށް ލީޑް ނަގައިދީފައިވަނިކޮށް ހެލޯ ބޭބީއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ މުނީޒްއެވެ. މި ނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ކާންޓްޕްލޭ ޓީމަށް ދެވަނަ ފަހަރަށް މެޗްގެ ލީޑް ނަގައިދިނީ ހުމޭޒްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކާންޓްޕްލޭ ޓީމުގެ ގޯލް ކީޕަރ އަބުދުﷲ ޒިމާމްއެވެ.

ފައިނަލްގައި ކާންޓްޕްލޭއާ ދެކޮޅަށް ނުކުންނާނީ ރޭގެ ފުރަތަމަ ސެމީފައިނަލް މެޗް ކާމިޔާބުކުރި ޔަންގްސްޓާރއެވެ. ރޭގެ ސެމީފައިނަލް މެޗް ޔަންގްސްޓާރ ކާމިޔާބުކޮށްފައިވަނީ އެފްސީ އަމިގޯސްއާ ދެކޮޅަށް ފަސޭޙަކަމާއެކު 0-4 ލަނޑުން ކުރި ހޯދައިގެންނެވެ. މި މެޗްގައި ޔަންގްސްޓަރގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝާއިން، ފިޒާން، ވިޝާމް އަދި އައްމަޑޭއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔަންގްސްޓަރ ޓީމުގެ ގޯލްކީޕަރ ފަޔާޒުއެވެ. ޔަންގްސްޓާ އަދި ކާންޓްޕްލޭ ބައްދަލުކުރާ ފައިނަލް މެޗް ފަށާނީ މިރޭ 9 ޖާހާއިރުއެވެ.

Advertisement
Advertisement

ކޮމެންޓް (0)