ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގެ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ ކާންޓްޕްލޭއާއި ވާދަކުރަން ޖެހިއްޖެ.

  • 04 އޭޕްރިލް 2025
ވަރަނޫސް
ފޮންޓު ސައިޒު: ށ ށ ށ

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގެ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ ކާންޓްޕްލޭ އާއި ވާދަކުރަން ޖެހިއްޖެ.

މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗްތަކަށް ފަހު ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ހެލޯ ބޭބީ ބައްދަލުކުރަން ޖެހެނީ ކާންޓްޕްލޭ އާއި ދެކޮޅަށެވެ. އަދި އެފް.ސީ އަމިގޯސް ސެމީފައިނަލްގައި ވާދަކުރާނީ ޔަންގްސްޓާރ އާއި ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު އެންމެ ފަހު މެޗްތަކުގެ ތެރެއިން ފުރަތަމަ ބައްދަލުކުރީ ގޯލްޑް ފިޝްއާއި ސްޓްރީޓް ބްރޯސްއެވެ. މި މެޗް 3-6 ލަނޑުން ކާމިޔާބުކުރީ ސްޓްރީޓް ބްރޯސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ އެފްސީ އަމިގޯސްއާއި ރިޕްޓައިޑްސްއެވެ. މި މެޗް 1-10 ލަނޑުން ކާމިޔާބުކުރީ އެފް.ސީ އަމިގޯސްއެވެ. ތިންވަނަ މެޗް ކާންޓްޕްލޭގެ މައްޗަށް 0-1 ލަނޑުން ޔަންގްސްޓާރ ކުރި ހޯދާފައިވާއިރު ރޭ ކުޅުނު ފަހު މެޗް އަމިގޯސް އެސް.ސީގެ މައްޗަށް ހެލޯ ބޭބީ ވަނީ 1-7 ލަނޑުން ކުރި ހޯދާފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް -/50000 (ފަންސާސް ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް -/15000 (ފަނަރަ ހާސް) ރުފިޔާ ހުށައެޅިފައިވާ މި މުބާރާތުގައި ރާއްޖޭގެ ނަން މަޝްޙޫރު ގިނަ ފުޓްސަލް ތަރިންތަކެއް ވާދަކުރެއެވެ.

Advertisement
Advertisement

ކޮމެންޓް (0)