• އޭޕްރިލް 19، 2025

ލިޔުން

  • އުދުހޭ ބޯޓު
    • 26 ފެބްރުއަރީ 2025

    ދުވަހަކީ 1950ގެ އަހަރުތަކުގެ ތެރޭން ދުވަހެކެވެ. އެދުވަސްވަރު ރާއްޖޭގެ މައްޗައް ބާރު ހިންގަނީ އިގިރޭސީންނެވެ. ބައެއްގެ ބާރުގެ ދަށުގައި ގައުމު އޮތެއްކަމަކު އެކަމުގެ މާބޮޑު އިހްސާސެއް އަހަރެމެންނަކަށް ނުވެއެވެ. އެކަމައި މާ ބޮޑަކަށް ވިސްނައެއް ނޫޅެމެވެ. ދިރިއުޅުމުގައި ރަށުން ލިބެންހުންނަ ކާތަކެތިން ބަނޑުފުރާލައިގެން އުޅެނީއެވެ. ބައެއް ސާމާނު ހިފައިގެން މާލެއަށް ދަތުރުކޮށް، އެތަކެތި ވިއްކައިވެސް ހަދަމެވެ. އެގޮތުން އެއްދުވަހު މާލެއަށް ކުރި ދަތުރަކައި ދިމާވީ އިނގިރޭސިން އުދުހޭ ބޯޓެއް ރާއްޖެ ގެނައި ދުވަހަކާއެވެ.